ސިޔާސީ

ޗައިނާއާއި ގުޅުން ބަދަހިވުމަކުން އެހެން ޤައުމުތަކުގެ ގުޅުމަށް ބުރުލެއްނާރާނ





 


ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ  އިޤްތިޞާދީ ގުޅުން ވަރުގަދަވުމަކީ އެހެންގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫ އަރާނެކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.


 
ޗައިނާ ދަތުރުފުޅަށްފަހު އެމްބީސީ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޗައިނާއާއި ގުޅުން އުފެދުމަކީ އަވަށްޓެރި އިންޑިޔާފަދަ ގައުމުތަކާއެކު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެކަމެއްނޫންކަމަށެވެ.


 
އެކުވެރި ގައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކަމަށާއި، އިގްތިޞާދީ މަޝްރޫޢުތައް ރާއްޖެ ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައިވެސް، އެއްވެސް ގައުމަކާމެދު އޮންނަ ސިޔާސީ ގުޅުމަކަށް ބުރުލެއް ނާރާނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެފަދަ ކަންބޮޑުވުމެއް އިންޑިއާގެ އިތުރުން އެހެން ގައުމަކުން ވެސް ފާޅުކޮށްފައި ނުވާކަމަށެވެ.


 
 


 ޗައިނާއެކު ގުޅުން އުފެދޭއިރުއިންޑިއާއާއި އެކު މިހާރުވެސް ތަފާތު އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށާއި، ތަފާތު މަޝްރޫއުތައްވެސް ކުރިއަށް ގެންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމެރިކާގެ ސިފައިންނަށް އެއްބާރުލުން ދިނުމުގެ ސޯފާ އެގްރިމެންޓްގައިވެސް ރާއްޖެއިން ސޮއި ނުކުރީ އިންޑިއާ އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.