ވިޔަފާރި

ޗައިނާގެ ފަތުރުވެރިންނަށް ޚާއްސަ ރިސޯޓްތަކެއް ތަރައްގީކުރުމަށް ބާރުއަޅާނެ





 


ޗައިނާގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ރިސޯޓްތަކެއް ތަރައްގީކުރުމަށް އެގައުމުގެ އިންވެސްޓަރުންނަށް ބާރުއަޅުއްވާނެކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.


 
ރޭ އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަރީފް ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ އެއްވަނަ މާކެޓް ކަމަށާއި، އެހެންކަމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޝައުޤުވެރިވާ ކަމަށް ޗައިނާގެ ރައީސް ވިދާޅުވި ކަމަށެވެ.


 
 


މިނިސްޓަރ ޝަރީފް ވިދާޅުވީ މިދަތުރުގެ ސަބަބުން ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުންވެސް އިތުރަށް ވަރުގަދަވެފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށާއި، އެގޮތުން ޗައިނާގައި ބޭއްވި ޔޫތު އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ދަޢުވަތު އެރުއްވި މަދު ރައީސުންގެ ތެރޭގައި ރާއްޖޭގެ ރައީސް ހިމެނިވަޑައިގަންނަވާކަމަށެވެ.