އިންޓަރނޭޝަނަލް ޗެންޕިއަންސް ކަޕްގައި ރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.
އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ ފަންސާސް ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިރޯއޭ ސާނޭއެވެ.
ސިޓީން ލަނޑެއް ޖަހާ ލީޑު ނެތިގާ ތިން މިނެޓު ފަހުން ލިވަޕޫލުން ވަނީ ފޯވާޑް މުހައްމަދު ސަލާހް ކުޅެން އަރުވާފައެވެ. އޭނާ ވަނީ ކުޅެން ނުކުތްތާ ތިން މިނެޓު ތެރޭގައި ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ފަހުންވެސް ލަނޑުޖަހާނެ ފުރުސަތެއް ސަލާހަށް ލިބި ބޭކާރުވިއެވެ.
މި މެޗުން ލިވަޕޫލުން މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ.