ވިޔަފާރި

ރައީސްގެ ދަތުރުފުޅާއިއެކު ރާއްޖޭގެ އިޤްތިސާދައް އިތުރު ކުރިއެރުންތަކެއްް


 


 


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ސަރުކާރުން ސިފަކުރައްވާއިރު، އިންޑިއާއާ ޖަޕާނުންވެސް ރައީސް ޔާމީންގެ މިދަތުރުފުޅަށް ފާރަވެރިވާނެކަން ޔަގީނެވެ.


 
ޗައިނާއަކީ އިގްތިސާދީގޮތުން ގުޅުންބޭއްވުމަށް ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް ވަރަށް މުހިންމު ޤައުމެކެވެ. ސަބަބަކީ ޗައިނާގެ އިގްތިސާދު ހަލުވިކަމާއެކު ފުޅާވަމުންދާއިރު އެގައުމުގެ ބޮޑެތި ކުންފުނިތައްރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަމެވެ. އަނެއްކޮޅުން ޗައިނާއަކީ އެމެރިކާފިޔަވައި ދުނިޔޭގެދެވަނައަށް އެންމެ ބޮޑު އިގްތިސާދީ ބާރަށްވާކަމީވެސް ރާއްޖެއަށް ޗައިނާފަދަ ޤައުމެއް މުހިންމުވާ އެއް ސަބަބެވެ.


 
ޗައިނާގެ ޖީޑީޕީ 9.42 ޓްރިލިއަންޑޮލަރަށްއަރާއިރު، ޗައިނާދަނީ އެޤައުމުގެ އިގްތިސާދު އޭޝިޔާއިން، އެފްރިކާއާއި ޔޫރަޕަށް ފުޅާކޮށް މެގަ އިންވެސްޓްމަންޓްތައްކުރަމުންނެވެ.


 
ރާއްޖެއަކީ ކުޑަކުޑަ ޤައުމެއްނަމަވެސް ޗައިނާގެ އިގްތިސާދު ހިފެހެއްޓުމަށް ރާއްޖެއަކީ ޗައިނާއަށް މުހިންމު ޤައުމެކެވެ. ސަބަބަކީ ޗައިނާގެ އިގްތިސާދު ކުރިއެރުވުމަސް ބޭނުންވާ ގިނަ ރޯމެޓީރިއަލާއި އަދި އިރުމައްޗަށާއި އެފްރިކާއަށް އެ ގައުމުން މުދާ އުފުލާ ކާގޯބޯޓްފަހަރު ދަތުރުކުރަންޖެހެނީ އިންޑިޔާ ކަނޑުގެތެރެއިންކަމަށްވީއިރު އެސަޕްލައިލައިންގެ ސަލާމަތާއިރައްކާތެރިކަމަށް އޮތް އެންމެ މުހިއްމު ތަނަކީ ދިވެހި ރާއްޖެކަމަށް ވެފައިވުމެވެ.


މި ސަބަބާއިހުރެ އަވަށްޓެރި އިންޑިޔާއާއިޖަޕާނަށްވެސް ރާއް ޖެއަކީ ނުހަނު މުހިއްމު ގައުމެކެވެ. އެހެންކަމުން މިދެގައުމުގެ ލީޑަރުންވެސް ރައީސް އަބްދުالله ޔާމީނަށްދައުވަތު ދެއްވައި އެކި މަޝްވަރާކުރައްވާތައް ކުރައްވާފައެވެ. އަދި ވަރަށް ގިނަކަންކަމުގައިދިވެހި ރާއްޖެއަށް އެހީތެރިވެދޭންވެސް މި ގައުމުތަކުންވަނީ ހުށަހަޅާފައެވެ.


 
އެހެންކަމުން ރައީސް ޔާމީން ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ އަވައްޓެރި އެހެން ޤައުމުތަކުން ވަރަށް ބޮޑަށް ބަލަމުންދާނެ ދަތުރުފުޅަކަށް ވާނެކްނަ ޔަގީނެވެ. އަދި ޗައިނާ ރާއްޖޭގެ މައްޗަށްނުފޫޒުގަދަވެގެންދިއުމަކަށް މިދެގައުމުންކުރެ ގައުމަކުން ނޭދޭނެކަން ޔަގީނެވެ. އަދި އެމެރިކާއިންވެސް މިފަދަ ގޮތަކަށް ކަންތައްތައް ވެގެންދާކަށްނޭދޭނެއެވެ.


 
އޭޝިޔާގެ ބާރުގަދަ ގައުމުތަކާއެކު އިގްތިސާދީ ގުޅުންތައް ރާއްޖެ ވަރުގަދަކުރަމުންދާއިރު ވަރަށް ބޮޑަށް ވިސްނާލަންޖެހެއެވެ. ސަބަބަކީ ޤައުމުތަކުގެ އިޤްތިޞާދީ ބާރާއި ނުފޫޒު ފޯރަފާނެތީއެވެ.


 
މިހާރުވެސް، ދުނިޔޭގެ ގައުމުތަކުގެ މާރުކޭޓްތައް ޗައިނާގެ މުދަލުން ފުރާލާފައި އޮންނަގޮތަށް ދިވެހިރާއްޖެވެސްދަނީ ޗައިނާގެ އިގްތިސާދީ ބާރާއި ނުފޫޒު ކޮންމެވެސް ވަރަކަށް ތަޖުރިބާކުރަމުންނެވެ. ޗައިނާގެ މުދަލުން ރާއްޖޭގެ ބާޒާރުތައް ފުރިފައިނުވި ނަމަވެސް ޗައިނާގެ ފަތުރުވެރިންވަނީ ރާއްޖޭގެ ރިސޯޓްތައްފުރާލާފައެވެ.


 
ޗައިނާއާއި ރާއްޖެއާއި ދެމެދު ހިގަމުންދާ ވިޔަފާރިއަށްބަލާއިރު މިދިޔައަހަރުރާއްޖެއިން ޗައިނާއަށް 2 ބިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޗައިނާއިން ރާއްޖެއަށް 26 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.


 
ކޮންމެއަކަސް ރައީސް ޔާމީންގެ މިދަތުރުފުޅުގައި ރާއްޖެއަށް ވަރަށް މުހިންމު އެއްބަސްވުމަކާއި ފުރުސަތުތަކެއްމިވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން، ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމަކީ ފާހަނގަކުރެވިގެންދިޔަ އެއްކަމެވެ. އަދި ހަދިޔާއެއްގެގޮތުން 16ވަރަކަށް މިލިޔަން ޑޮލަރު ނުވަތަ 250 މިލިޔަނެއްހާ ރުފިޔާގެ ހިލޭ އެހީދޭން ނިންމި ނިންމުންވެސްފާހަގަކޮށްލެވެއެވެ.


 
ޗައިނާގެ ރައީސްވަނީ ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ ޗައިނާގެ ކުންފުނިތަކަށް ޗައިނާސަރުކާރުން ފުރިހަމައެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ މި ދަތުރުފުޅުން، ހުޅެލެއާއި މާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއާއިމެދުވެސް މިވަނީ ފެހި ސިގްނަލެއް ލިބިފައެވެ.