ޚަބަރު

އައީޑީ ކާޑުގެ މަޢުލޫމާތޫ ބަދަލު ކުރުން މާދަމާއިން ފެށިގެން މެދުކަނޑާލާނެ - ޑީއެންއާރ


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލު ކުރުން މާދަމާއިން ފެށިގެން މެދުކަނޑާލާނެކަމަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފިއެވެ.

އެ ޑިޕާރޓްމަންޓުން ބުނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތު ބަދަލު ކުރުން މެދުކަނޑާލަނީ އަންނަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓުލާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނާ ޙިއްސާކޮށްފައިވާތީކަމަށެވެ.
މިކަން މިގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށްވެސް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.
އަދި ރިޔާސީ އިންތިޚާބު ނިމުމަށްފަހު ކުރިއެކޭ އެއްފަދައިން މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ދޭނެކަމަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަދުވަހު އެވެ.