ޚަބަރު

އަމީނިއްޔާ ސްކޫލުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޕެރޭޑެއް





 


އަމީނިއްޔާ ސްކޫލުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ‏‏އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ.



ޕެރޭޑު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގޭ ކުރިމައްޗަށް ‏‏ނުކުމެވަޑައިގަތުމުން، އަމީނިއްޔާ ސްކޫލުގެ ކެޕްޓަން، އެދެކަނބަލުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި މި ‏‏ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.



 


އަމީނިއްޔާ ސްކޫލަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕްރޭޑުގައި، އެ ސްކޫލު ‏‏ކުދިންގެ ނެށުމުގެ ތަފާތު ޙަރަކާތްތަކެއް ހުށަހަޅައިދީފައިވެއެވެ.‏