ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ


މިރޭ އިރާކޮޅު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ. 18 އަހަރުގެ މުޙައްމަދު ޖަޒުލާން މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެެވެ.

މި އެކްސިޑެންޓް ހިނގީ ޖަޒުލާން ދުއްވާފައިދިޔަ ސައިކަލް ކޮންޓްރޯލްނުވެ ކަހާލައިގެން ވެއްޓިގެން ކަމަށް މަޢުލޫމާތުލިބެއެވެ. އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނުކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މަޢުލޫމާތު ދިނެއެވެ. އަދި ހާލު ސީރިއަސް ކަމުން އޭނާ ފަހުންވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ފުލުހުން ދަނީ މިއެކްސިޑެންޓް ހިނގި ގޮތް ބަލަމުންނެވެ.