ޚަބަރު

އަންނަ އަހަރު ކިޔަވައިދޭ އިތުރު އާ ސްޓްރީމެއް ތަޢާރަފްކުރަނީ





 


ސާނަވީ ތައުލީމުގެ މަރުހަލާގައި މިހާރު ކިޔަވައިދެމުންދާ ތިން ސްޓްރީމްގެ އިތުރަށް އަންނަ އަހަރު އާ ސްޓްރީމެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.


 
މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކުގައި މިހާރު ކިޔަވާދެމުންދާ، ސައިންސް، ކޮމާސް، އަދި އާޓްސް ސްރީމްގެ އިތުރުން މަސައްކަތްތެރިކަމުގެ ސްޓްރީމެއް ޕައިލެޓްކޮށްގެން މިހާރު ކުރިއަށްގެންދާކަމަށާއި، އަންނަ އަހަރުން ފެށިގެން މަސައްކަތްތެރިކަމުގެ ސްޓްރީމް ނުވަތަ ވޮކޭޝަނަލް އެޑިޔުކޭޝަން އާއި ބެހޭ ސްޓްރީމެއް ސްކޫލްތަކުގައި ތަޢާރަފްކުރެވޭނެކަމަށެވެ.


 
މީގެ އިތުރުން އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލްތަކުގެ އިސްވެރިންނާ މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި، ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންނަށް ސްކޫލްތަކުގެ ހިންގުމާ ގުޅޭ މައުލޫމާތު ގާތުން ފޯރުކޮށްދިނުމުގެ އަމާޒުގެ ދަށުން ކަމަށެވެ.


 
 


މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިގެންދާނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިން ތައުލީމީ ނިޒާމުގައި ބައިވެރި ކުރެވޭ ގޮތަށް ކަމަށެވެ.