ސިޔާސީ

އަދީބާ ދެކޮޅު 10 ދައުވާއެއްގެ އަޑުއެހުންތައް އާދީއްތަ ދުވަހު


ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު 10 ދަޢުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ އާދީއްތަދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި 10 ދަޢުވާއަކީވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ތުޙުމަތުގައި ކޮށްފައިވާ ދަޢުވާތަކެކެވެ. މި 10 ދަޢުވާގެ ތަޙްޤީޤު މަރުހަލާ ނިންމުމަށްފަހު ކްރިމިނިލް ކޯޓަށް މި މައްސަލަތައް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އަވާހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައާއި، ފިސްތޯލައެއް ގެންގުޅުއްވި މައްސަލައާއި، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލާގެކުށް ސާބިތުވެ އަޙްމަދު އަދީބު މިހާރުވެސް ގެންދަވަނީ ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.