ވިޔަފާރި

އައްޑޫސިޓީގެ ހިތަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނިމިއްޖެ.





 


އައްޑޫސިޓީގެ  ހިތަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.


 
އައްޑޫ ސިޓީކައުންސިލުން ބުނީ ހިތަދޫ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ ރައްޔިތުން ބޭނުންވެގެން ހުށަހެޅި ބޮޑުމިނަށްކަމަށެވެ.


 
އެގޮތުން 750 ފޫޓްގެ ދިގުމިނުގައި ލުމަށް ހަމަޖެހިފައިވާ އެއްގަމު ތޮށި ރައްޔިތުން ހުށަހެޅިގޮތަށް 1200  ފޫޓަށް ހައުސިންގ މިނިސްޓްރީން ބޮޑުކޮށްދެއްވާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.


 
ބަނދަރުގެ ފަޅުތެރޭގެ ބައެއް ދިމަދިމާލުން ފުންކުރަންޖެހޭ ބައެއް ތަންތަން ފުންކުރުމަށް ހައުސިންގ  މިނިސްޓްރީން މިހާރު ނިންމަވާފައިވާކަމަށްވެސް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބު ވިދާޅުވިއެވެ.


 
 


2011 ވަނަ އަހަރު ހަދަން ފެށި ހިތަދޫ ބަނދަރުގެ މިހާރުގެ ޖުމްލަ ދިގުމިނަކީ 1800 ފޫޓެވެ. މިބަނދަރުގެ މަސައްކަތްކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏަކުންނެވެ.