އެމްއީސީސީގެ ފަރާތުން ސްރީލަންކާގައި ކުރިއަށްގެންދިޔަ މިނީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދައިފިއެވެ.
މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ފަރާތުން ސްރީލަންކާގެ ދިރިއުޅޭ ދިވެހިންނަށް އަޒާމްކޮށްގެން ކުރިއަށްގެންދިޔަ މިނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދީ ފައިނަލްގައި ރަޝިޔާއާއި ވާދަކޮށް 4 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑްކަޕްގެ ގަދަ 16އަށް ދަތުކުރި ޓީމްތަކުގެ މެދުގައެވެ. މިމުބާރާތުގެ ތިންވަނަ ހޯދާފައިވަނީ މިފަހަރުގެ ވޯލްޑްކަޕްގައި ޗެންޕިއަންކަން ހޯދި ފްރާންސެވެ. މުބާރާތުގެ މެޗްތައް ސޯސަންވިލާގައި ކުރިއަށްގެންދިޔައިރު، މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފެވެ.
މުބާރާތުގެ ޗެންޕިއަން ޓީމަށް ދިނީ 50،000 ރުޕީސް. ދެވަނަ ޓީމަށް ދިނީ 30،000 ރުޕީސް. އަދި ތިންވަނަ ޓީމަށް ދިނީ 20،000 ރުޕީސް. މިމުބާރާތުގެ ތިންވަނައަށް ދިޔަ ފްރާންސް ޓީމަށް އިނާމު ދެއްވީ އެމްބަސީގެ މިނިސްޓަރ ކައުންސެލާ ޝިފާޤު މުފީދު (ހިސްޓޯ)އެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެޗްޑީކޮށް ވޯލްޑްކަޕް ބެލުމަށް 20 ފޫޓު 16 ފޫޓުގެ ބޮޑު ސްރީނެއް ސޯސަންވިލާގައި ސަރުކާރުން ބެހެއްޓިއެވެ.