ދުނިޔެ

އިސްރާޢީލާއި ހަމާސުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ





 


އިސްރާޢީލާއި ހަމާސުން ބަދަލުކުރަމުންދާ ހަމަލާތައް 72 ގަޑިއިރަށް ހުއްޓާލުމަށް އެއްބަސްވުމަށް އިސްރާޢީލުން އެއްބަސްވެއްޖެއެވެ.


 
 


މިސްރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ވެވުނު މިއެއްބަސްވުން އިޢުލާނުކުރުމަށް ކުޑަހިނދުކޮޅަކަށްވެފަވަނިކޮށް ޣައްޒާއަށް ވަނީ އިތުރު ހަމަލާއެއް އަރާފައެވެ. މިހަމަލާގެ ގަޑިއިރުތަކެއް ފަހުން ދާދި ދެންމެއަކު އިސްރާޢީލުގެ އަސްކަރިއްޔާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ އިސްރާޢީލުގެ އަސްކަރިއްޔާއިން ހަމާސުން ހަމަލާތައް ދިނުމަށް ބޭނުންކުރާ 11 ސަރަހައްދަކަށް މިއަދު ހަމަލާދީފަވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ސަރަހައްދުތަކުން އެހަމަލާ ދިން ވަގުތު އިސްރާޢީލަށް ރޮކެޓް ހަމަލާތައް ފޮނުވާލަން ތައްޔާރު ވަމުންދިޔަ ކަމަށެވެ.