ދުނިޔެ

ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ވުމުގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުން-





 


ޣައްޒާގައި ދާއިމީ ގޮތަކަށް ސުލްޙަ ޤާއިމުކުރުމަށް މިޞްރުގެ ވެރިރަށް ޤާހިރާގައި ކުރިއަށް ދިޔަ ވާހަކަތައް ނާކާމިޔާބުވުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން ކަމަށް ހަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ.


 
ހަމާސްގެ ތަރުޖަމާނު ސަމީ އަބޫ ޒުހްރީ ވިދާޅުވީ، އިސްރާއީލުން ވަނީ މިޞްރާ ފަލަސްޠީނުގެ ވަފުދުގެ ވަގުތުތައް ބޭކާރުކޮށްލާފައި ކަމަށެވެ.


އަދި މިކަމުގެ ސަބަބުން ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ގޮވާލާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގައި ދެފަރާތުން އިއްތިފާޤު ނުވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.


 
ޒުހްރީ ވިދާޅުވީ ފަލަސްޠީނުގެ ވަފުދުން އެދެމުން ދިޔަ ކަންތަކަށް އިޖާބަ ދިނުމަށް އިސްރާއީލުން ދެކޮޅު ހެދި ކަމަށާ މިކަމުގެ ސަބަބުން ވާހަކަތައް ނާކާމިޔާބުވީ ކަމަށެވެ.


 
ތިން ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 5 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޚަބަރު ލިބެއެވެ.


 
 


އިސްރާއީލުން ބުނެފައިވަނީ ޣައްޒާގެ ސަރަހައްދުން ވެސް އިސްރާއީލަށް 30 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ އައިސްފައިވާ ކަމަށެވެ.