ޚަބަރު

ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ބާއްވާ "ހެލްޕް ގާޒާ" ޓެލެތޯން ފެށިއްޖެ





 


ފަލަސްތީނުގައި ހާލުގައި ޖެހެމުންދާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފައިސާ އެއްކުރުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ބާއްވާ "ހެލްޕް ގާޒާ" ޓެލެތޯން ފެށިއްޖެއެވެ.  މިއަދު މެންދުރު ދެގަޑި ތިރީހުން ފެށިގެން، 33 ގަޑިއިރަށް ކުރިއަށް ގެންދާ މިޓެލެތޯންގައި ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކާއި، ރޭޑިއޯތަކާއި، ނޫސް އަދި އޮންލައިން މީޑިއާތައް ބައިވެރިވެއެވެ.


 
 


މިއީ ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ވެވޭ އެހީއަކަށް ވުމުން މިކަމުގައި ވީހާ ގިނައަދަދެއްގެ ރައްޔިތުންގެ ބައިވެރިވުމަށް ޓެލެތޯން އިންތިޒާމް ކުރާ ކޮމިޓީން އެދިވަޑައިގަންނަވައެވެ. އަދި މިހަރަކާތަށް ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރު އޮފީސް ތަކާއި، ސިޔާސީ ޕާޓީތަކުގެ ފަރާތުން  ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އަންނަކަން އެކޮމެޓީން ފާހަގަ ކުރައްވައެވެ.