ޚަބަރު

އިސްރާއީލުގެ އަސްކަރީ މަގްސަދުތައް ހާސިލްވަންދެން އުދުވާން ކުރިޔަށްގެންދާނެ





 


އިސްރާއީލުގެ އަސްކަރީ މަގްސަދުތައް ހާސިލްވަންދެން ޣައްޒާއާ ދެކޮޅަށް އުދުވާން ކުރިޔަށްގެންދާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ވާހަކަ ދައްކަވައިފިއެވެ.


 
އިސްރާއީލުގެ އަމަނާބެހޭ އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ މަގްސަދަކީ ޙަމާސް ޖަމާއަތުގެ ރޮކެޓް ޙަމަލާތައް ހުއްޓުވުން ކަމަށާ ޙަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމަކީވެސް އިސްރާއީލުގެ މަގްސަދެއް ކަމަށެވެ.


 
ނަމަވެސް ޙަމާސް އާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުގެ އަތުން ހަތިޔާރު ނިގުޅައިގަތުމަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާން ހުއްޓާލުގެ ޝަރުތެއް ކަމަށް ނަތަންޔާހޫ ކުރިން ވިދާޅުވާ ވާހަކަތައް މިފަހަރު ތަކުރާރު ކުރައްވާފައެއްނުވެއެވެ.


 
 


ނަތަންޔާހޫ މިހާ ހަރުކަށި މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު އޭނާވަނީ ޝަރުތަކާނުލާ ޙަމަލާތައް ހުއްޓާލަން އިސްރާއީލުން ތައްޔާރަށް އޮތްކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއަށް އަންގަވާފައެވެ.