ޚަބަރު

މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް ފާތިމަތު ނިއުޝާ އައްޔަންކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް، އަމީން ޢާންމުގެ ނާއިބުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ފާތިމަތު ނިއުޝާ އައްޔަންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އަލްއުސްތާޛާ ފާތިމަތު ނިއުޝާ އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި 33 މެމްބަރުންގެ އިއްތިފާޤުންނެވެ. ނިއުޝާ 2012 ވަނަ އަހަރުން ފެށިގެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނާއިބުގެ މަޤާމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފައިވަނީ އެމަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.