ޚަބަރު

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގަ މީހަކަށް ސީރިއަސް އަނިޔާތަކެއް





 


ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.


 
ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުގައި ޕިކަޕަކާއި ސައިކަލެއްޖެހި މިއަދު ހެނދުނު 0830 ހާއިރު ހިނގި މިނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.


 
މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލު ދުއްވަން އިން 45 އަހަރުގެ ފިރިހެނަކަށެވެ. އަދި ސައިކަލު ފަހަތުގައި އިން 42 އަހަރުގެ ފިރިހެން މީހާއަށާއި ޕިކަޕް ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށް މި އެކްސިޑެންޓްގެ ސަބަބުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.


 
ފުލުހުން މައުލޫމާތުދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ، ސައިކަލު އޯވަޓޭކް ކުރަނިކޮށް، ފަހަތަށް ޖަހަޖަހާއޮތް ޕިކަޕް ކުރިއަށް ދުއްވާލުމުން ޕިކަޕްގެ ކުރީ ކަނާތްފަރާތު ބަފަރު ސައިލަލުގައި ޖެހި ސައިކަލު ވެއްޓުނު ވަގުތު ސައިކަލު ޕިކަޕުގެ ބަފަރު ދަށު ވެގެންނެވެ.


 


މި އެކްސިޑެންޓްގެ މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.