ޚަބަރު

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.ޝަހީމަށް، ޝައިޙް އާދަމް ޝަމީމް މަރުޙަބާ ވިދާޅުވެއްޖެ


ކުރިއަށް އޮތް ރިޔާސީ އިންޚާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ކީރިތި ޤުރްއާން ހިތުދަސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއާ އާދަމް ޝަމީމް މަރުޙަބާވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމަށް މަރުޙަބާ ވިދާޅުވެ ޝައިޙް އާދަމް ޝަމީމް ކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމަކީ ދިވެހި އުންމަތަށް ވަރަށް ބޮޑު ޚިދުމަތެއް ކޮށްދިނުމަށް ލިބުނު ފުރުޞަތެއްކަމަށެވެ. އެހެންކަމުން މާތް ﷲގެ ވާގިފުޅާއެކު ކުރިއަށް ވަޑައިގަތުމަށާއި ޤައުމުގެ އިލްމުވެރިންނަށާއި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުންއެދި ދުއާ ކުރައްވާކަމަށްވެސް ޝައިޙް ޝަމީމްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއާ ޝައިޙް ޝަމީމް ޑރ. ޝަހީމަށް ތާއީދުކޮށް ހެޔޮ ދުއާ ކުރެއްވި އިރު ރާއްޖޭގެ މަޝްރޫހު ދިނީ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ރައީސް ޔާމީންގެ މި ނިންމެވުމަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައެވެ. އަދި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައީސް ޔާމީނަށް ވޯޓު ދިނުމަށްވެސް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.