ޚަބަރު

ގދ. ފިޔޯރީގައި މޫދަށް އެރިއުޅުނު އުމުރުން 32 އަހަރުގެ ޒުވާނަކު މަރުވެއްޖެ


ގދ. ފިޔޯރީގައި މޫދަށް އެރިއުޅުނު ޒުވާނަކު މަރުވެއްޖެއެވެ. މި ޙާދިސާގައި މަރުވެފައިވަނީ އައްޑޫ ސިޓީ ފޭދޫ ސްކައިނެޓް، އުމުރުން 32 އަހަރުގެ އިބްރާހީމް ސައީދުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ސުޖާމް ޝާދިރު ވިދާޅުވީ، މި ޙާދިސާ ހިނގީ މިއަދު މެންދުރު ކުރި 11:15 ހާއިރުކަމަށެވެ. އަދި އިބްރާހީމް ސައީދު މަރުވެފައި އޮއްވާ ފެނުނީ އޭނާ މަސައްކަތްކުރާ މަސްދޯނިން މޫދަށް ފޭބުމަށްފަހު، ވީނުވީއެއް ނޭނގިގެން އޭނާ ހޯދުމުގެ މަސައްކަތް އެދޯނީގެ ފަޅުވެރިން ކުރަމުންދަނިކޮށްކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެރަށު ފަޅުތެރޭން ގާތްގަނޑަކަށް 3.5 މީޓަރު އަޑިންކަމަށާއި، އިބްރާހީމް ސަޢީދު މަރުވުމަށް ދިމާވީ ފިޓުޖެހިގެންކަމަށް ބޮޑަށް ބެލެވޭކަމަށްވެސް ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިޙާދިސާގައި މަރުވި ޒުވާނާގެ ހަށިގަނޑު މިހާރު އެރަށުގެ ސިއްޚީ މަރުކަޒަށް ގެންގޮސްފައިވާއިރު، މި ޙާދިސާ އިތުރަށް ތަޙްޤީޤުކުރުމަށްޓަކާ ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.