ޚަބަރު

ތޫނުހަތިޔާރާއި މަސްތުވާތަކެއްޗާއިއެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް





 


ތޫނުހަތިޔާރާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓަކާއެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފއެވެ.


 
ފުލުހުންބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ހަތަރު ފިރިހެނުންކަމަށެވެ.


 
ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައިކޯޓް އަމުރެއްގެ ދަށުން ރޭ ބަނގުފަޑިއްގޭގެ ފުރަތަމަ ފަންގިފިލާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޮޑު 2 ކަތިވަޅިއާއި މޫނު ނިވާކުރަން ބޭނުންކުރާ 4 ހުޑް ފެނިފައިވާކަމަށް ފުލުހުންބުނެއެވެ.


 
 


މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާވެސް  ކޯޓުއަމުރެއްގެ ދަށުން ރޭވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރީވެސް ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާއެކު ކަމަށް ބުނެއެވެ.