ޚަބަރު

ރައީސް ޔާމީނަށް އެއްބުރުން އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޑރ.ޝަހީމް ގޮވާލައްވައިފި


ކުރިއަށް އޮތް ރިޔާސީ އިންޚާބު، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއްބުރުން ކާމިޔާބުކޮށްދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި އެނެމްހާ ރައްޔިތުންނަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންގމޭޓަކަށް ޑރ.ޝަހީމް ހަމަޖައްސެއްސެވިތާ ކުޑަ އިރުކޮޅެއްގެތެރޭގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައިވަނީ މިހެން ވިދާޅުވެފައެވެ.

ޑރ.ޝަހީމްގެ ޓްވީޓް

ޑރ.ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ.ޝަހީމަކީ ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.