ޚަބަރު

އިންޑިޔާގައި ދިވެއްސެއްގެ ނުބައި އޮޕަރޭޝަނެއް


ޓްރިވެންޑްރަމްގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ދިވެހި ކުއްޖެއްގެ އޮޕަރޭޝަން ކުރަންޖެހޭ ފައި ނޫން އަނެއްފައި އޮޕަރޭޝަން ކުރި މައްސަލައަކާ ގުޅިގެން އެކުއްޖާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނީ ޓްރިވެންޑްރަމްގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ދިވެހި ކުއްޖެއްގެ އޮޕަރޭޝަން ކުރަންޖެހޭ ފައި ނޫން އަނެއްފައި އޮޕަރޭޝަން ކުރި މައްސަލައެއްގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެކަން ބަލަމުންދާކަމަށެވެ. އަދި އެމައްސަލާގެ ފުރިހަމަ މައުލޫމާތު ސާފުކޮށް އެކުއްޖާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ކޮންސިއުލޭޓުން ބުނެއެވެ.

ޕީއެސްއެމް ނިވްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަން ކޮށްފައިވަނީ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލުންނެވެ. އަދި އޮޕަރޭޝަން ކޮށްފައިވަނީ 12 އަހަރުގެ އަންހެންކުއްޖެއް ފައެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.