ށ ބިލެތްފަހީގައި އެއަރޕޯޓް އަޅަންނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރައްވައިފިއެވެ. ބިލެފަހީ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބިލެއްފަހީގައި އެއަރޕޯޓް އެޅުމަށް ބޮޑު ކުންފުންޏަކުން ސަރުކާރަށް ހުށައަޅާފައިވާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބިލެތްފައްސަށް ވަޑައިގަތުމުގެ ކުރިން ބިލެތްފަހީގެ އެއަރޕޯޓް އަޅަން ހުށައެޅި ކުންފުންނާއި ވާހަކަދައްކާ ހުރިހާކަންކަން ނިންމަން ބޭނުންވިކަމަށެވެ. އެހެންނަމަވެސް އެ ކުންފުންޏާއިއެކު ބާއްވަން ޖެހޭ ބައްދަލުވުންތައް ބޭއްވިފައިނުވާތީ އެކަން ދަތުރުގެ ކުރިން ނިންމާނުލެވުނީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ބިލެއްފަހިީގައި އެއަރޕޯޓް އަޅން ހުށައެޅު ކުންފުންޏައި އެކު އަންނަ ހަފްތާގެ ތެރޭގައި ޓްއަރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށެވެ. އަދި ބިލެއްފަހީގައި އެއަރޕޯޓް އެޅުމުން އެ ސަރަހައްދުގައި ޓްއަރިޒަމް ތައާރަފުވެ ޓްއަރިޒަމްގެ ބޮޑު ހަބަކަށް އެރަށް ވެގެންދާނެކަމަށެވެ.