ޚަބަރު

ފެންފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ


އދ. ފެންފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އދ. ފެންފުށީ ޕޭންޒީގޭ އުމުރުން 29 އަހަރުގެ އަދުނާން އަޙްމަދުކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށާއި އޭރު ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޒުވާނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:15 ހާއިރުކަމަށާއި އެނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޒުވާނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.