ޚަބަރު

އިންޑިޔާއިން މަތީތަޢުލީމް ހާސިލްކުރުމަށް އިތުރު ސްކޮލަރޝިޕްތަކެއް


އިންޑިޔާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޫކޮށްފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމެންތް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕް ތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ސެންޓްރަލް ޔުނިވަރސިޓީ އޮފް ޓެމިލް ނާޑޫ އާއި، ބެންގަލޫރު ގެ ގާޑެން ސިޓީ ޔުނިވަރސިޓީ އާއި ޕަންޖާބް ސެންޓަރ ފޯރ ޓެކްނިކަލް އެޑިއުކޭޝަން ގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކެކެވެ.

މީގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް، އިންޓަރގްރޭޓެޑް އެމް.އެސް.ސީ އާއި އެމް.އޭ އަދި ޑޮކްޓޯރަލް ޕްރޮގްރާމްތަކާއި ސައިންސާއި ސިއްޙީ ދާއިރާއާ ގުޅުންހުރި ކޯސްތަކާއި ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި ކޯސްތައްވެސް ހިމެނެއެވެ.