ޚަބަރު

"ބޭހާ ބެހޭ ޤަވާޢިދެއް" އެކުލަވާލައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފި





 


ރާއްޖޭގައި "ބޭހާ ބެހޭ ޤަވާޢިދެއް" މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.


 
މިޤަވާޢިދުގައި ޑޮކްޓަރީ ބޭސް އެތެރެކުރުމާ ، ބޭރުކުރުމާ، ވިއްކުމާ، ބޭސް ލިޔެދިނުމާ، އުފުލާ ގެންގުޅުމުގައާ ގުދަން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާން ކޮށްފައިވެއެވެ.


 
މިޤަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ޤަވާއިދު ގެޒެޓުގައި ޝާޢިއުކުރި ތާރީޚުން ފެށިގެން ހަ މަސްދުވަސް ފަހުންނެވެ.


 
"ބޭހާބެހޭ ޤަވާއިދު" ގައި، ބޭސް ގުދަނާއި ބޭސް ފިހާރަތައް ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރުމުގައި ބަލާ މިންގަނޑުތައް ހިމެނިފައިވެއެވެ.


 



މިޤަވާއިދާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި، ދެހާސް ރުފިޔާއާ ފަސް ހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބޭހާބެހޭ ޤަވާއިދުގައި ބުނެފައިވެއެވެ.