ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބްރާހީމް މުޙައްމަދު ސޯލިހަށް ދޭން ނިންމައިފި


އެމްޑީޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހު ( އިބޫ )އަށް ދޭން ނިންމައިފިއެވެ.

ރިޔާސީ ޓިކެޓް އިބޫއަށް ދޭން ނިންމީ މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ. އިބޫއަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންނެވެ. ރިޔާސީ ޓިކެޓް އިބޫއަށްދޭން ހުށެހެޅީ، ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރާ ފަރާތަށް އިންތިޚާބުގައި ވަދަނުކުރެވޭނެ ޙާލަތެއްގައި ޓިކެޓްދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ކޮންގްރެސްއަށް ދިނުމަށްފަހުއެވެ.

ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙީމް މުޙައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓްދޭން އެމްޑީޕީ ކޮންގްރެސްއިން ފާސްކުރިއިރު، އިދިކޮޅު އިއްތިހާދުންވަނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓެއް ނެރުމަށް އެއްބަސްވެފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.