ދުނިޔެ

މިއަދު ފަލަސްޠީނަށް ދިން ހަމަލާތަކުގައި 96 މީހުން ޝަޙީދުކޮށްލައިފި





 


އިސްރާޢީލުން މިއަދު ޣައްޒާ ސިޓީ ކައިރި އަވަށެއްގެ މޭވާއާ ތަރުކާރީ ވިއްކާ މާރުކޭޓަކަށް ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެއެވެ.


 
މިހަމަލާތަކުގައި 160 މީހުން ޒަޚަމް ވެފަވާކަމަށް ފަލަސްޠީނުގެ ސިއްޙީ ފަރުވާދޭ ފަރާތްތަކުން ހާމަކުރެއެވެ. މިއަދު ޝަޖާޔާއަށް މިހަމަލާ ދިންއިރު އެމާރުކޭޓަށް އެއްޗެހި ގަންނަން އައިސް އެތައް ސަތޭކަ ބައެއް ތިބި ކަމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. މިއަދު ދިން


 
މިހަމަލާއާއެކު މިއަދަކީ މިފަދަ ހަމަލާތަކުގައި އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޝަހީދުކޮށްލި ދުވަސް ކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ. އެގޮތުން މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 96ކަށް އަރާފައެވެ.


 
އެސަރަހައްދުން މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުން އިސްރާޢީލުގެ އެއްގަމު ސިފައިންގެ ހަމަލާތަކާއެކުއެކީގައި ވައިގެ މަގުން ފޮނުވާލި ދެމިސައިލެއް އެސަރަހައްދަށް ވަނީ އަރާފައެވެ. ޝަޖާޔާއަކީ ޖުލައި 8 ގައި އިސްރާޢީލުން ފަލަސްޠީނަށް ދޭންފެށި މިހަމަލާތަކުގައި އެންމެ ގިނައިން ހަމަލާދޭ އެއް ސަރަހައްދު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.