ޚަބަރު

ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި


ޝަހްސު އޮޅުވާލުމުގެ ދަޢުވާ ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. ފާރިސްގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއްޔަތުގެ މަޖިލީހުގައެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރު ޕްރެސް ކޮންފަރެންސްއެއް ބާއްވާ ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކުރި މައްސަލައިގައެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. މި ދެމައްސަލައިގެ ޝަރީޢަތް ދަނީ ކުރަމުންނެވެ.