ޚަބަރު

އައްޑޫ މެރަތަންގެ އެކްސްޕޯ ފަށައިފި


އައްޑޫ މެރަތަންގެ އެކްސްޕޯ އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖުގައި ފަށައިފިއެވެ.
އީކުއޭޓާރ ހެލްތު އެންޑް ފިޓްނަސްގެ ނަމުގައި އީކުއޭޓާރ ވިލެޖުގައި ބާއްވަމުން އަންނަ އެކްޕޯ އަކީ ޕަބްލިކަށް ހުޅުވާލައިގެންް ކުރިއަށް ގެންދާ އެކްސްޕޯއެއްކެވެ.
ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި އެކްސްޕޯގެ ތެރެއިން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ދެއެވެ. އޭގެތެރެއިން ކެފޭ އާއި ފިޓްނަސް ޗެލެންޖުތައް ހިމެނެއެެވެ.
މިއެކްސްޕޯއިން ދުވުންތެރިންގެ ރޭސް ކިޓް ދޫކުރުމާއި، ޓީޝާރޓް އަދި ވަކިން ޙާއްސަ ކޮށް ސެޕެޝަލް ޗެރިޓީ ބިބް ވިއްކުންވެސް ހިމެނޭ ދެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން މެރަތަންގެ ރަން ޑައިރެކްޓަރ ސުޖާއު ބުނެފައިވަނީ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި އެކްސްޕޯގައި ވިއްކާ ސްޕެޝަލް ޗެރިޓީ ބިބް އިން ލިބޭ ފައިދާ ޓައިނީ ހާރޓްސްއަށް ހަދިޔާ ކުރާނެ ކަމަށެވެ. އަދި މި ބިބް އަކީ ސުވެނިއާރ އެއްގޮތުގަ ބާއްވަން ރަނގަޅު އެއްޗެކެވެ.

"
"އައްޑޫ މެރަތަންގެ ޕަބްލިސިޓީއަށް ބަލާއިރު ވަރަށް ޕޮސިޓިވް ފީޑްބެކް އެއް މި ލިބެނީ، ބޮޑަށް ފާހަގަ ކޮށްލަން ބޭނުން ސޯޝަލް މީޑިއާގަ އައްޑޫ މެރަތަންގެ ޕްރެޒެންސް ވަރަށް އައި، މީހުން އިނޓަރެކްޓް ކުރާގޮތްވެސް ވަރަށް އައި، ހިތްހަމަ ޖެހޭ ވަރަށް މީހުން ބައިވެރި ވެވިއްޖެ ކަމަށް ބުނެވޭނީ. އެންބެސިޑާރސްގެ ތެރެއިން ކޮންމެ މީހެއްގެވެސް ވަކި މެސެޖްއެއް އެބަ އިނދޭ. މި މެރަތަންގަ ބައިވެރިވާ މީހުންނަށް ބައިވަރު މެސެޖްތަކެއް ލިބިގެންދާނެ ރަން އެންބެސިޑާރސް ތުރޫކޮށް"
މެރަތަންގެ ރަން ޑައިރެކްޓަރ ސުޖާއު

މިއެކްސްޕޯގެ ތެރެއިން މެރަތަންގެ ބައެއް އެންބަސަޑަރުންގެ ތަޖުރިބާ ޕީއެސްއެމް ނިއުސް އާ ހިއްސާ ކޮށްލަމުން ބުނެފައިވަނީ އައްޑޫގައި ބާއްވާ މި މެރަތަންގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ މިތަނަކީ ދުވެލުމަށް ރަނގަޅު ރޫޓަކަށްވެފައި ރާއްޖޭގައިވެސް ރިކޯރޑެއް ހެދުމުގެ ބެނުމުގައިކަމަށެވެ. އަދި މާލެއިން ބޭރުގައި މި މެރަތަން އައްޑޫގައި ޖަހާލަން ލިބުމަކީ ލިބޭ ރަނުގެ ފުރުސަތެއްކަމަށްވެސް އެންބަސަޑަރުން ފާހަަގަ ކޮށްފައިވެއެވެ.
އީކުއޭޓާރ ވިލެޖްގައި ކުރިއަށް ދާ މި އެކްސްޕޯ މާދަމާރޭގެ 21:00 ހަމަޔަށް ކުރިއަށް ދާނެއެވެ. މީގެ އިތުރުން މެރަތަންގެ ރަން އެންބަސިޑަރ މައިކަލް ވޯޑިއަން ވަނީ އައްޑޫ މެރަތަންގައި ބައިވެރިވާ ކުޑަކުދިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ. އައްޑޫ މެރަތަން ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ އައްޑޫގެ ދުވާ މީހުންނާއި އަދި ޙާއްސަކޮށް ރާއްޖޭގައި ދުވާ އެތްލީޓުންގެ ކޮމިއުނިޓީއަށް ދުވުމުގެ ފޯރިގަދަ އީދެއް ގެނެސްދިނުމާއި އަދި ޙާއްސަކޮށް ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިނުމަށެވެ