ޚަބަރު

އިތުރު އިންވެސްޓްމަންޓްތަކާއިއެކު އެމްޕީއެލްގެ މަސައްކަތް ފުޅާކުރަނީ


މިއަހަރުގެ ތެރޭގައި އިތުރު އިންވެސްޓްމެންޓުތަކާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލް ހެޑްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލް ގެ ސީއީއޯ އަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވީ، އެކުންފުނީގެ ކެޕޭސިޓީ ހުރި މިންވަރަށްވުރެ އިތުރަށްވެސް މިހާރު ރައްޔިތުންނަށް ޙިދުމަތްދެމުންދާކަމަށާއި، އަދި އެމްޕީއެލްގެ ޚިދުމަތް ހަރުދަނާކުރުމަށް މިއަމިއަހަރުގެ ތެރޭގައި އިތުރު އިންވެސްޓްމެންޓުތަކާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލް ހެޑްއޮފީހުގައި ބޭހަރުގެ ތެރޭގައި ގިނަ އިންވެސްޓްމަންޓުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެއްގަމާއި ކަނޑުގެ އުޅަނދުތައް ގެނެވޭނެކަމަށް އެމްޕީއެލް ގެ ސީއީއޯ އަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަހަރު ކުރިއަށް ރާވާފަހުރި އިންވެސްޓްމަންޓުތައް ނިމުމާއި ގުޅިގެން ނުވަތަ ވެހިކަލްތަކާއި، ވެސަލްތަކާއި، މިދެންނެވި އިކުއިޕްމަންޓްތައް ގެނެސްފަ އިންސްޓޯލްކުރުމާއި ގުޅިގެން މިއަށްވުރެވެސް ރަނގަޅުވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ހަމަ ހުރިހާ ވިޔަފާރިވެރިންނަށް އަރުވާ ވާހަކަ ދަންނަވާލަން." އެމްޕީއެލް ގެ ސީއީއޯ އަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވީ ވިދާޅުވިއެވެ.

މާލޭ ބަނދަރުގައި ހުރި ބޭނުން ނުކުރާ ހުސް ކޮންޓެއިނަރުތައް ބަހައްޓަން ހުޅުމާލޭ ޕޯޓާ އިންވެގެން އޮންނަ ހުސް ބިން މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ. އެ ތަނުގައި 1،200 ކޮންޓެއިނަރު ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. މީގެ ސަބަބުންވެސް އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް އެމްޕީއެލުން ބުނެއެވެ.

މާލެ އާއި ހުޅުމާލޭ ބަނދަރުގެ ކެޕޭސިޓީ އަކީ 20 ފޫޓުގެ 2،200 ކޮންޓެއިނަރެވެ. ނަމަވެސް މިހާރު ޚިދުމަތް ދެމުން އަންނަނީ ކެޕޭސިޓީ އަށް ވުރެ ދެ ގުނަ އިތުރަށް 4،800 ކޮންޓެއިނަރަށް ކަމަށް އެމްޕީއެލުން ބުނެއެވެ.