ޚަބަރު

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އެޑިއުކޭޝަން އެކްސްޕޯ މިއަދު


މޯލްޑިވްސް މީޑިއާ އިންސްޓްޓިއުޓް، އެމްއެމްއައިއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ އެޑިއުކޭޝަން އެކްސްޕޯ މިއަދު ފަށާނެއެވެ. މި އެކްސްޕޯއަކީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި، މެލޭޝިއާގެ ލިންމްކޮކްވިންގ ޔުނިވަރސިޓީއާއި ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިއުޓް، އެމްއެމްއައި އުފެއްދިތާ ތިން އަހަރުވެފައިވާއިރު، އެމްއެމްއައިއިންވަނީ މީޑިއާގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަފާތު ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއިި ވޯކްޝޮޕްތައް ހިންގާފައެވެ.

އެމްއެމްއައި އިން ހިންގާ ކޯސްތައް ފުޅާކޮށް އެ އިންސްޓިޓިއުޓުން މިހާރު ވަނީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން މީޑިއާ އާ ގުޅުންހުރި ކޯސްތައް ހިންގަންވެސް ފަށާފައެވެ. އެމްއެންއައި އިން ހިންގާ ކޯސްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ ފެއަރ މާދަމާ ފަށާއިރު މި ފެއަރގައި އެ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކާއި ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން އެ އިންޓިޓިއުޓުގައި ހިންގާ އެކި ލެވެލްތަކުގެ ކޯސްތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ. އަދި މި އެކްސްޕޯގެ ޒަރިއްޔާއިން މީޑިއާއާ ގުޅުންހުރި ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުލިބިގެންދާނެއެވެ.

އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހް ވިދާޅުވީ، ރޭޑިއޯ-ޓީވީ ބްރޯޑްކާސްޓިންއާއި، ޕަރފޯމިންގ އަރޓްސްއާއި، ވީޑިއޯގްރަފީއާއި، އެނިމޭޝަން އަދި ސައުންޑް އެންޑް މިއުޒިކާއި ގުޅޭ ކޯސްތައް އެމްއެމްއައިއިން ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން މެލޭޝިއާގެ ލިންގކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެން ހެއަރޑްރެސިންގއާއި، ޑްރެސް މޭކިންގގެ ޓިވެޓް ކޯސްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް ޖިނާހު ވިދާޅުވިއެވެ.

މި އެކްސްޕޯގައި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ބައްދަލުކޮށް އެމްއެމްއައިގައި ހިންގާ އެ ޔުނިވަރސިޓީގެ ކޯސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާއިރު، އެމްއެމްއިން އަލަށްފަށާ ކޯސްތަކުގެ މަޢުލޫމާތާއި، ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ހެއަރ ޑްރެސިންގއާއި، ޑްރެސްމޭކިންގއާއި، ސައޮންޑް އެންޑް މިއުޒިކާއި ވީޑިއޯ ގްރަފީ އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެކްސްޕޯ ކުރިއަށްދާނީ ހަވީރު 16:00 އިން 22:30ހަށް ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ބިލްޑިންގްގައެވެ. ކާނިވަލްއެއްގޮތަށް ކުރިއަށްދާ މި އެކްސްޕޯގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ލަވަޔާއި، ހެދުމުގެ ޑިޒައިންތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުން އެކްސްޕޯއަށް އަންނަ މީހުންގެ މެދުގައި ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ. މި ލަކީޑްރޯގެ އިނާމްތަކުގެތެރޭގައި، ދެމީހަކަށް އެމްއެމްއައިގެ ކޯސްތަކުގެތެރެއިން ބޭނުންކޯހަކުން ސްކޮލަރޝިޕް ދިނުމާއި، ދެމީހަކަށް ޗެންނާއީ ދެކޮޅު ޓިކެޓާއި، ބަނޑޮސް މޯލްޑިވްސްއިން ދެމީހަކަށް ޑިނާއެއް ދިނުން ހިމެނެއެވެ.