ދުނިޔެ

ޢީދާ ދިމާކޮށް 7 ދުވަސްވަންދެން ހަމަލާ ބަދަލުކުރުން ހުއްޓުމަށް ގޮވާލައިފި





 


ފިތުރު ޢީދާ ދިމާކޮށް ޣައްޒާގައި 7 ދުވަސްވަންދެން ހަމަލާ ބަދަލުކުރުން މަނާ ކުރާ އެއްބަސްވުމެއް ޤާއިމުކުރުމަށް އިސްރާއިލަށާ ހަމާސްއަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ގޮވާލައްވައިފިއެވެ.


 
މިޞްރުގެ ވެރިރަށް ޤާހިރާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ، މިހާރު މަސައްކަތް ކުރައްވަމުން ދަނީ އީދާ ދިމާކޮށް ހަމަލާތައް ހަފްތާއަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލާފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް ކަމަށާ މިއާއެކު ދިގު މުއްދަތަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާބެހޭ ގޮތުން މަޝްވަރާތައް ބޭއްވޭނެ ކަމަށެވެ.


 
މިފަދަ އެއްބަސްވުމަކަށް އިސްރާއީލުން ދެކޮޅު ހަދާފައިވާ ކަމަށް ޚަބަރު ލިބެއެވެ.


 


އަނެއްކޮޅުން، ހަމާސްއާ އިސްރާއީލާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް އަސްކަރީ ހައްލެއް ނުހޯދޭނެ ކަމަށާ މިކަމަށް ހައްލެއް ހޯދޭނީ މަޝްވަރާގެ މޭޒު ދަށުން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވަނީ ވިދާޅުވެފައެވެ.