ޚަބަރު

ފިތުރުއީދު ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން 3 ގަޑިއިރަށް މަނާކޮށްފ





 


ފިތުރުއީދު ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން ތިން ގަޑިއިރަށް މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.


 
ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހޯމަދުވަހު ހަވީރު 4:00 އިން އިރުއޮއްސި 7:00 އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެކަމަށެވެ. އެހެން ނަމަވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ ވެހިކަލްތަކާއި ބަހާއި އެމްބިއުލާންސާއި ހުއްދަ ދީފައިވާ ޓެކްސީއާއި ކާރާއި ޕިކަޕް އެ ގަޑީގައި ވެސް ދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި އެންގުމާއި ޚިލާފްވާ ފަރާތްތައް ހަތްސަތޭކަ ފަންސާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.


 
 


މަނާ ގަޑީގައި ދުއްވުމުގެ ހުއްދަ މާދަމާ ހެނދުނު ދިހަގަޑި ސުންމިނިޓުން މެންދުރުފަހު ދެގަޑި ސުންމިނިޓަށް ސިޓީ ކައުންސިލްގެ ޔުޓިލިޓީޒް އެންޑް ޓްރާންސްޕޯޓް ސެކްޝަނުން ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.