ޚަބަރު

ރައީސް ޔާމީނަށް ތާއީދުކޮށް އައްޑޫ ސިޓީގައި މިއަދު ސައިކަލްބުރެއް ބާއްވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި މި ސަރުކާރަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިއަދު ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައިކަލް ބުރަކީ އައްޑޫގެ ޒުވާނުން އިސްނަގައިގެން ބާއްވާ ސައިކަލް ބުރެކެވެ. މި ސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

މިއަދު ހަވީރު 4:30 އިން 5:30 ހަމައަށް ކުރިއަށްގެންދާ މި ސައިކަލްބުރު ފެށުމަށް ހަމަޖެހިފައިވަނީ ފޭދޫ ބަނދަރު ސަރަހައްދުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ފޭދޫ ދާއުރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު އޮތްކަން ހާމަކުރުމަށް މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ ސައިކަލްބުރުތައް ބާއްވާފައިވެއެވެ. މި ސައިކަލް ބުރުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.