ޚަބަރު

އައްޑޫ ސިޓީގެ ފަތާ ޞަރަޙައްދުތަކުގައި ޗޭންޖިންގ ރޫމް ހަދާނެ ފަރާތެެއް ހޯދަނީ


އައްޑޫސިޓީގެ ހިތަދުއާ މަރަދޫގައި ތަރައްޤީކޮށްފައިވާ ފަތާ ޞަރަޙައްދުގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލަފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހު ދެވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން މިމަހު 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލުގެ އިދާރާއިންވަނީ ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ތިންސަތޭކަ ރުފިޔާއަށް ބިޑް ޑޮކިއުމެންޓެއް ވިއްކާއިރު، ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ އަންނަ މަހުގެ 02 ވަނަ ދުވަހު 11:00 ޖަހާއިރުކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއިލްގެ ޒަރީއާއިން ހުށަހެޅެނޭ އިންތިޒާމުވެސް ކައުންސިލުންވަނީ ހަމަޖައްސާފައެވެ.