ސިޔާސީ

ޕީޖީގެ ‏މަޤާމަށް ‏މުޙްތާޒު ‏މުޙްސިން‏ ޢައްޔަން ކުރައްވައިފި



 
 
‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ޕްރޮސިކިއުޓަރ ޖެނެރަލް ‏‏ކަމުގެ ‏މަޤާމަށް ‏‏އަލްއުސްތާޛު ‏މުޙްތާޒު ‏މުޙްސިން‏ ޢައްޔަން ކުރައްވައި، ‏‏އެމަނިކުފާނަށް މަގާމުގެ ‏‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ‏
އަލްއުސްތާޛު ‏މުޙްތާޒު ‏މުޙްސިނަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏
‏ފަތްކޮޅު ދެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ‏‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ހުވާ، ‏އަލްއުސްތާޛު ‏މުޙްތާޒު ‏މުޙްސިން‏ ‏‏ކުރައްވައި، ‏‏ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.