ކުޅިވަރު

ފަހު ވަގުތު މޮރޮކޯ އަތުން އިރާން 3 ޕޮއިންޓް ހޯދައިފި


މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މޮރޯކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ވޯލްޑް ކަޕްގައި ތާރީހުގައިވެސް އިރާން ދެވަނަ މޮޅު ހޯދައިފިއެވެ.

ގްރޫޕް ބީގައި އިރާން އާއި މޮރޯކޯ ބައްދަލުކުރި މެޗު ސުމެއް ސުމަކުން ނިމެންދަނިކޮށް އިރާންއަށް މެޗުގައި ކުރި ލިބުނީ މޮރޯކޯގެ ފޯވާޑް އަޒީޒް ބޫހަޑޫޒް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑާއެކުއެވެ.

މިމެޗު ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅުނީ މޮރޯކޯއިންނެވެ. އަދި އެންމެ ފަހުން ކުޅުނު އަށާރަ މެޗުގައި ބައްޔަކާ ކުރިމަތި ނުލާ މިމެޗަށް ނިކުތް މޮރޯކޯ ޓީމަށް މިހާރު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ބޮޑު ހުރަސްތަކެއް ކުރި މަތިވެފައެވެ.

މޮރޯކޯއަށް ދެން ޖެހޭނީ ސްޕެއިން އަދި ޕޯޗުގަލް ކައިރީގައިވެސް ރަނގަޅު ނަތީޖާއެއް ހޯދާށެވެ.

އިރާންގެ މޮޅާއެކު އެޓީމް ވެގެންގޮސްފައިވަނީ 2010ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި މޮޅެއް ހޯދި އޭޝިއާގެ ފުރަތަމަ ޓީމަށެވެ.