ޚަބަރު

އޭޑީއެފްގެ ގޮތުގައި 292 މިލިއަން ރުފިޔާ


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުންގެ އަތުން، އެއައރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 292 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ ވީއައިއޭ އިން ފުރާ މީހުންގެ އަތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އަންނަ އޭޑީއެފް ފީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް، 3.7 މިލިއަން ޑޮލަރު، ނުވަތަ 57 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭޑީއެފްއަކީ ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢުތަކަށް ނަގާ ލޯނު ދެއްކުމަށްޓަކާ އުފައްދާފައިވާ ފަންޑަށް ޖަމާކުރުމަށް ފުރާ މީހުންގެ އަތުން ނަގާ ފީއެއެކެވެ. އެގޮތުން ވީއައިއޭއިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަންނަނީ ނަގަމުންނެވެ.