ޚަބަރު

އެޗް.ޑީ.ސީއާއި، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކޮށްފި


ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ބަދަލުކޮށްފިއެވެ.

ޕްރައިވެޓަރިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން އެ މަޤާމުން ވަކިކޮށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނާޞިފް، އެޗް.ޑީ.ސީގެ މެނޭޖިނގް ޑިރެކްޓަރުގެ މަޤާމަށް މިއަދު ބަދަލުކޮށްފައިވާކަމަށެވެ.

އެޗް.ޑީ.ސީގެ އެމް.ޑީގެ މަޤާމަށް ސައިމަން އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި، ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނަކީ މާލެ ސަރަހައްދުގެ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދެކުންފުންޏެވެ.