ޚަބަރު

ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!


ޑިމޮކްޓިކް ނިޒާމުތައް ހިނގާ ޤައުމުތަކުގައި ވޯޓަކީ ރައްޔިތުން ބޭނުންވާ ގޮތްގޮތަށް ކަންކަން ނިންމުމުގައި އެންމެ މުހިން ދައުރެއް އަދާކުރާ އެއްވަސީލަތެވެ. ޤައުމީ ބޮޑެތި ކަންކަމުންފެށިގެން ރައްޔިތުންގެ މެޖޯރިޓީ ޚިޔާލު އެކިކަންކަމުގައި ހުރި ގޮތް ބެލުމުގައި ވޯޓަކީ މިނިޒާމުގައި އޮންނަ އެންމެ މުހިންމު މަގެވެ. އެހެންކަމުން ވޯޓަކީ ޑިމޮކްރެޓިކް ނިޒާމުތަކުގައި ޚާއްސަ ޤަދަރެއް ދެވިފައިވާ އެއްޗެކެވެ. ބޮޑެތިކަންކަމުގައި ވޯޓުލާ ދުވަހަކީވެސް ޚާއްސަ ދުވަހެކެވެ. މުޅި ޤައުމުގެ ސަމާލުކަން އެދުވަހަކަށް ހުއްޓެއެވެ.

ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ތަޢާރަފްވެ ހިނގަންފެށިފަހުން ރާއްޖޭގައި އެހި ޒަމާންތަކުގައި އެކިގޮތަށް ނަމަވެސް އައި ވޯޓުލަމުންނެވެ. ދިވެހިންގެ ހިތްތަކުގައިވެސް ވޯޓަކީ ޚާއްސަ ގަދަރެއް ދެވިފައިވާ ކަމެކެވެ. ވޯޓުން ނިންމާ ގޮތްތަކަށް މިހާތަނަށްވެސް ދިވެހިންތިބީ ރުހި ޤަބޫލުވެގެންނެވެ. ރަށު ފެންވަރުޤައާއި، އަތޮޅުފެންވަރުގައާއި، ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ބޮޑެތި ނިންމުންތައް ދިވެހިން ނިންމަނީ ރައްޔިތުންގެ ވޯޓުންނެވެ.

ވޯޓުހެ ޙުރުމަތާއި ޤަދަރު އޮތްމިންވަރު އެނގޭ އެއްކަމަކީ ދިވެހިންގެ ޤާނޫނޫހަދާ މަޖިލީހުގެ އެހި ދައުރުތަކުގައި ވޯޓާގުޅިގެން ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލެވެ. މިއަދާހަމައަށް އައިއިރު މިވަނީ ވޯޓުލުމާބެހޭ އެންމެ ޒަމާނީ ޤާނޫނުތައް ހަދައި އެއަށް ޢަމަލުކުރަން ފަށާފައެވެ. އަދި ވޯޓުގެ ކަންކަން ބަލެހެއްޓުމަށް މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ޤާއިމުކޮށް ދިވެހިރައްޔިތުންގެ މާލިއްޔާއިން އެތަންހިންގައި މި މުޅި ނިޒާމަށް ބޮޑެތި ހޭދައެއްކުރެއެވެ. މިފަދަ އެންމެހައި ކަންކަމުން ދޭހަކޮށްދެނީ ވޯޓުގެ ހައިބަތާއި ވޯޓަށް ދީފައިވާ ޤަދަރާއި މުޖުތަމަޢުގައި ކަންކަން ނިންމުމުގައި ވޯޓުގެ ނިޒާމަށް ދޭސަމާލުކަމެވެ.

އެހެންނަމަވެސް މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއޭ ކިޔާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޢަމަލުތަކުން ފެނުނު މަންޒަރަކީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރެޓިކް ޙަޔާތުގައި ފެނުނު ހިތާމަވެރި ލަތުވެތި މަންޒަރުތަކެއްކަމުގައި ދަންނަވަން ޖެހެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2018 ކުރިއަށް ގެންދިޔަ ގޮތަކީ މިއޮތް ތަހުޒީބު ޒަމާނުގައި މުޅިޤައުމު އެކަމާ މެދު އަޖައިބުވެ އަންތަރީސްވާ ވަރުގެ ކަމެކެވެ. ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ޤާނޫނާ ޚިލާފަށް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ޓިކެޓު ތަބަކަށްލާފައި ދޭން މަދުބަޔަކު އުޅޭއުޅުމުން ދޭހަވަނީ ކޮންކަމެއްތޯއެވެ. މި ޕާޓީއަކީވެސް ދިވެހިރައްޔިތުންގެ މާލިއްޔާއިން ޚަރަދުކޮށްގެން ހިންގާ ޕާޓީއެކެވެ. އެމްޑީޕީން މިލީ ވޯޓު މާދަމާގެ މުޖުތަމަޢު ސިފަކުރާނީ ކޮންފަދަ ބޮޑު ޖޯކެއްގެ ގޮތުގައިތޯއެވެ؟

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ވޯޓަކީ އެވޯޓުގެ ކަންކަން ރޭވި ހިސާބުންވެސް ޤާނޫނާއި ޤަވައިދާއި ޚިލާފަށް ރާވައި އިންތިޒާމުކުރި ވޯޓެއްކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންވަނީ ބުނެފައެވެ.
އެހެންކަމުން އެވޯޓު އެގޮތަށް ކުރިއަށް ނުގެންގޮސް، އެކަން ހުއްޓާލުމަށް މުއައްސަސާތަކުންވަނީ އެމްޑީޕީއަށް އަންގާފައެވެ. ޤާނަށް ބޯލެނބުމެއްނެތި ކަމާބެހޭ މުއައްސަސާތަކުގެ އަމުރަށް އިޖާބަދިނުމެއްނެތި އެއްވެސް ތާކުންތާކު ނުޖެހޭގޮތަކަށް އެވޯޓު ކުރިއަށް ގެންދިއުމަށް އެމްޑީޕީންވަނީ މަސައްކަތް ފަށާފައެވެ.

ނަތީޖާއަކަށްވީ ސިޔާސީ ޕަޓީތަކާއި ވޯޓުގެ ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނުގެ އެދުމާއެކު އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރެއް ސިވިލް ކޯޓުން ނެރުމެވެ. ފުލުހުންނާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެމައްޗަށް ސިވިލްކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ފުލުހުން ނުކުތުމުން އެމްޑީޕީގެ ކިބައިން ދެން ފެނުނީ އަދި މާ ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލުތަކެއްކަމުގައި ދަންނަވަން ޖެހެނީ ހިތާމައާއެކުއެވެ.

މުޅިޤައުމާއި ރައްޔިތުންގެ މުސްތަޤުބަލާ ގުޅޭ ކަމެއް ބޮޑު ޖޯކަކަށްހަދައި އެއްވެސް ލަދެއްޙަޔާތެއްނެތި ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގައި ޖެއްސުންކުރި މަންޒަރުން މުޅި ސޯޝަލް މީޑިއާ ބަންޑުންވެގެންދިޔައެވެ.

ބާ ޑަބިޔާބުރިއާއި ކުނި ވަށިގަނޑާއި ތާންގިބުރިއާއި ކޮންކްރިޓް ގަށާމެޝިނަށާއި ވަޅުބުރިބުރިއަށް ވޯޓު ކަރުދާސް އަޅައިގެން ވޯޓުލުމަށް ހަޖޫޖަހައި ޖެއްސުންކުރިއިރު، އެކަމުގެ އެންމެ އިސްސަފުގައި ތިބީ ކުރީގެ ރައީސް ނަޝީދުގެ ޢާއިލީ ބޭފުޅުންނާއި، އެމްޑީޕީގެ އިސްސަފުގައި ފެންނަ މީހުންނެވެ.

ވޯޓުލުމަކީ ޤައުމީ ނިންމުމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި ބާރުދައްކުވައިދޭ މުހިންމު ޤަދަރުވެރި ކަމަކަށްވާއިރު، އެމްޑީޕީގެ މި ޢަމަލުން ސިފަވަނީ ރައްޔިތުންގެ ޤަދަރު ވެއްޔާ މޮޑެލުންނޫންބާއެވެ؟ ޤައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސްބުނާ ބުނުމަކީ ޖޯކެއްގެ ގޮތުގައި އެމްޑީޕީން ދެކޭކަން ނޫންބާއެވެ؟ ރައްޔިތުންނާއި، އެމީހުން ކަންކަމުގައި ބަންބުނާ ބުނުމާމެދު، މިހާ ދަށުދަރަޖައިގެ ނަޒަރަކުން ދެކޭ ބަޔަކު ރައްޔިތުންގެ މައްޗަށް ބަސްކިޔާ މުހިންމު މަޤާމުތަކުގެ ވާހަދައްކާއިރު، ރައްޔިތުން އެކަމާ ނުވިސްނާނެ ބާއެވެ؟

ޢހުމަދު

ތީ މޮތައިންގެ ވޯޓުފޮށި

ޝުޖާޢު

ޙިރުވަނީދޯ ގުޅޭން ނޫޅެބައި ކެއްނުވަންޔާ އެހެން ކަމަކާ އުޅޭ .ނޯޓް .ޢިނގޭ މިކޮމެންޓް ޖަހާހާ ހިއްވަރު ނުހުންނާނެ ކަން

އަންތަރީސް9

ކޮމެންޓެއް ފޮނުވިން. ލަދުން ޖަހަން ނުކެރުނީތޯ؟ ތިވަރުން އާޓިކަލްތައް ނުލިޔުއްވާނީ.

ރޮކެޓް ސައިންސް

އެއްބަސް ދޯ އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށް. މިގައުމުން އެމްޑީޕީއެއް ނުފުހެވޭނެ.

ޖާވަ ޖަވާދު

ކީކޭ ތަ ކިޔަން ތިއުޅެނީ؟ ތިއާރޓިކަލް ހަމަ ޖެހޭތަ؟

މަރިޔަމް

މީގައި އިމްލާ ކުށް ގިނަކަންފާހަގަ ކުރެވޭ

އަންތަރީސް9

އެއްކޮޅަކަށް ޖެހުނަސް މީ ބޮޑުވަރު. ރަމަޟާން މަހު ތެދުހަދަން އާދަކުރަމާ.

ސަހުދާން

ތަބަކަށްލާފަ ޓިކެޓު ދިނީ އަންނި އަށްތަ ނޫނީ ޔާމީނައްތަ ؟ ދެލޯ އަވަރުތަ ؟