ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިއަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުޞަތު ދިން ކުދިން އަންނަ މަހުގެ 25 ވަނަ ދުވަހު ފަރުވާއަށް ފުރާނެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ބުނެފިއެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިއަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން 32 ކުއްޖަކަށް ސަރުކާރުން ފުރުޞަތު ދީފައިވެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސް ހިންގެވުމާ ހަވާލުވެ ހުންނެވި އަޙުމަދު ނަޔާޒް ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ކުދިންގެ ތެރެއިން ފުރަތަމަ ބެޗްގައި ފުރުމަށް ހަމަޖެހިފައިވަނީ ފަސް ކުއްޖަކު ކަމަށެވެ. މި ފަސް ކުދިން ފަރުވާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރަށެވެ. އަދި މި ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސް ބުނީ ފުރަތަމަ ބެޗްގައި ފޮނުވާ 5 ކުދިން ކަނޑައެޅީ އެކުދިންގެ ސިއްޙީ ޙާލަތަށް ބެލުމަށްފަހު ކަމަށެވެ. ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ކޮންމެ ކުއްޖަކަށް ނުވަ ލައްކައާއި އެއް މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖައްސާފަވެއެވެ. މީގެތެރޭގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި، 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެމީހުންގެ ތިން މަސް ދުވަހުގެ ހުރުމުގެ ޚަރަދު ހިމެނެއެވެ. އަދި އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ބޭނުން ވާނަމަ އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޙިތްތިރި
އަޅުގަނޑު ވ ބޮޑު އެދުމެއް މާލޭގެ ހުރިހާ މިސްކިތްތަކުގައި އެއަރކޯން ހަރުކޮށްދިނުން ތި ޒަކާތުފަންޑުން މިއީ ކޮންމެ ރޯދަމަހަކު މިސްކިތްތައް ފުރިބާރުވާއިރު 2ތިން ފަންކާލާފަހުންނަ މިސްކިތްތަކުގައި ވ ބޮޑު ތަކުލީފަކަށްވަނީ އަދި ހާއްސަކޮށް އިސްލާމިކު ބޭންކު ކުރިމަތީހުންނަ މިސްކިތުގެ އަންހެނުންނަށް ހާއްސަބައި