ތިން މީހުންނާއި އެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. މި ދޯނީގައި ދަތުރުކުރަމުންދިޔާއި ދެ ބީދޭސީންނާއި ދިވެއްސެކެވެ. މި ހާދިސާގައި މި މީހުންނަށް ސީރިއަސް އެއްވެސް އަނިޔާއެއް ލީބިފައިނުވާކަމަށާއި އެހެންނަމަވެސް ތިން މީހުންވެސް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދޯނި ބަންޑުން ޖަހާލާފައިވަނީ އާރަށް ކައިރިންކަމަށާއި ދޯނި ބަންޑުން ޖަހާލި ރިޕޯޓް ލިބުނީ އެގާރަގަޑި ބައިކަންހާއިރުކަމަށެވެ.