މާލެއަތޮޅު ތިލަފުށި އިންޑަސްޓުރިއަލް ޒޯން (ޓީ.އައި.ޒެޑް)އިން ގުދަން ކުރުމަށާއި ސިނާޢީ މަސަތްކަތްތަކަށް ބިން ކުއްޔަށް ހިފަން، ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ތިލަފުށި އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ބީލަން ހުށަހެޅޭނީ 3 ބިމަށްކަމަށް ވަނީ ކަނޑައަޅާފައެވެ.
ބިން ރަޖިސްޓްރީ ކުރުމުގެ އަގެއްގެ ގޮތުގައި 200 ރުފިޔާ ކަނޑައެޅިފައިވާއިރު ރަޖިސްޓްރީ ކުރަން ގަސްތުކުރާ ކޮންމެ ބިމެއް ރަޖިސްޓްރީ ކުރަން ޖެހޭނީ ވަކިން ކަމަށް މިކަމާ ގުޅޭގޮތުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންއިން ނެރެފައިވާ އިއުލާނުގާ ބުނެއެވެ.
އަދި ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް 5000 ރުފިޔާ ހުށައަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 11 ވަނަ ދުވަސް ކަމަށްވެސް މި އިއުލާނުގައިވެއެވެ.