ޚަބަރު

ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ހަފްތާއަކު އެއްފަހަރު


ރިޔާސީ އިންތިހާބަށް އިއުލާންކުރާ ހިސާބުން ފެށިގެން ހަފްތާއަކު އެއްފަހަރު ޤައުމީ ލަފާދޭ ކޮމެޓީ ބައްދަލުވުންތައް ބާއްވަން އެ ކޮމެޓީން ނިންމައިފިއެވެ. ރިޔާސީ އިންތިހާބަށް ލަފާދޭ ޤައުމީ ކޮމެޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ކޮމެޓީގެ ބައްދަލުވުންތައް ގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައަޅާފައެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ ކަންކަމުގައި އިލެކްޝަން ކޮމިޝަނަށް ލަފާދިނުމަށް އެކުލަވާލި ޤައުމީލަފާދޭ ކޮމިޓީ 18 މެންބަރުން ހިމެނެއެވެ. ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތަކުން 10 މެންބަރުންނާއި، ކޮންމެ ސިޔާސީ ޕާޓީއަކުން މެންބަރަކާއި، ޖަމްޢިއްޔާތަކުގެ ފަރާތުން މެންބަރެކެވެ. އަދި މި ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހިމަނާފައިވާ މެންބަރުންނަކީ އެ ޕާޓީތަކުން އައްޔަންކޮށްފައިވާ މެންބަރުންކަމަށް އިެލކްޝަންސް ކޮމިޝަންސް އިން ބުނެއެވެ. މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ހުރިހާ މެންބަރުވެސް ބައިވެރިވެފައިފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓަމެމްބަރު މަހުގެތެރޭގައިކމަށް އިސީން ބުނެއެވެ. އަދި އިންތިހާބަށް ކުރމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހު ހުޅުވާލާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.