މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ މިއަދު ހެނދުނު ދިހަަކުން ފެށިގެން މާދަމާ ހެނދުނު ދިހައެއް ޖެހުމާއި ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެކި ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު، ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމަށްވެސް މޫސުމާއިބެހޭ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.