ޚަބަރު

ކޮޝިއެލްނީއަށް ވޯލްޑްކަޕްގުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ


އާސެނަލްގެ ފްރާންސް ޑިފެންޑަރ ލޯރެންޓް ކޮޝިލްނީއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަގީންވެއްޖެއެވެ.

ޔޫރޮޕާ ލީގް ސެމީފައިނަލްގެ ދެވަނަ ލެގްގައި އެތްލެޓިކޯ މެޑްރިޑް އަތުން އާސެނަލް ބަލިވި މެޗްގެ ބާރަވަނަ މިނެޓްގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކެޕްޓަން ކޮޝިލްނީ އެ މެޗުގައި ދަނޑުން ބޭލީ އަށިގަނޑުގައެވެ.

ފްރާންސްގެ ކޯޗް ޑިޑިއަރ ޑިޝޯމް ބުނީ ބައްތިރީސް އަހަރުގެ ކޮޝިލްނީ އަށް ދެން އެންމެ އަވަހަށްވެސް ކުޅެވޭނީ މިއަހަރުގެ ޑިސެމްބަރުގައި ކަމަށާއި ކޮޝިލްނީ މިކަމާ ވަރަށް ހިތާމަ ކުރާ ކަމަށެވެ. ކޮ

ޝިލްނީގެ އަނިޔާ ސީރިއަސް ނަމަވެސް ސާރޖަރީ ދިޔައީ ރަނގަޅަށް ކަމަށާއި، އޭނާ މުޅިން ފަސޭހަވެ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ ޔަގީންކަންއެބައޮތް ކަމަށްވެސް ޑިޝޯމް ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމްގެ ފުރަތަމަ އެގާރައިގައިވެސް ހިމެނޭ ކުޅުންތެރިޔާއާ ގުޅޭގޮތުން ފްރާންސް ކޯޗް ބުނީ ކޮޝިލްނީއަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށާއި އޭނާއަށްޓަކާ ހިތާމަކުރާ ކަމަށެވެ. ކޮޝިލްނީ ވަނީ 2014ގެ ވޯލްޑްކަޕްގައި ފްރާންސްގެ ޓީމް ޑިފެންސް ލައިނުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.