ޚަބަރު

ތެލަސީމިއާ ދުވަހާ ގުޅުވައިގެން އާރޯ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ނަމުގައި ބްލަޑް ކޭމްޕެއް ފަށައިފި


ތެލަސީމިއާ ދުވަހާ ގުޅުވައިގެން އާރޯ ބްލަޑް ޑޮނޭޝަން ކޭމްޕްގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މީރާގައި ފަށައިފިއެވެ.

ތެލަސީމިއާ ދުވަހާ ގުޅުވައިގެން، އާރޯ ޖަމްޢިއްޔާގެ އިޖުތިމާޢީ ޒިންމާގެދަށުން ކުރިއަށްގެންދާ މި ޙަރަކާތް ފަށާފައިވަނީ މިއަދު ހެނދުނުއެވެ. މި ޙަރަކާތް ކުރިއަށްދަނީ އޯކިޑް ބިލްޑިންގެ 4 ވަަނަ ފަންގިފިލާގައެވެ.

އެއްދުވަހުގެ މި ބްލަޑް ޑޮނޭޝަން ކޭމްޕްގައި ޖުމްލަ 13 މުއައްސަސާކުން ސަތޭކަ ފަންސާހެއްހާ މުވައްޒަފުން ލޭދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.

އާރޯއަކީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތައް އެކުވެގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އާރޯ ޖަމްޢިއްޔާއިން މުޖުތަމައަށް ފައިދާ ހުރި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު އާރޯ ކެމްޕޭންގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ ޕްރޮގުރާމް އެއް ކުރިއަށް ގެންގޮސްފައިވާއިރު މިދިޔަ އަހަރު އާރޯ ފުޓްސަލް މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.