ޚަބަރު

ޕީޕީއެމްގެ "ހެސްކިޔާފަ" ޖަލްސާ 11 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފި


ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމުން އިންތިޒާމުކޮށްގެން މިމަހުގެ 10 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެއްސި ޚާއްޞަ ޖަލްސާ މިމަހުގެ 11 ވާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޚާއްޞަ ޖަލްސާ މިހާރު ބާއްވަން ނިންމާފައިވަނީ މިމަހުގެ 11 ވާ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. "ހެސްކިޔާފަ" މި ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ އަށެއްޖަހާއިރު ކާނިވާ ސަރަހައްދުގައެވެ.

އާންމުކޮށް އެންމެނަށް ދައުވަތު ދީގެން ބާއްވާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ. މީގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވާނެއެވެ.