ޚަބަރު

އަންނަ ހުކުރުދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ


އަންނަ ހުކުރު ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ. އެ މިނިސްޓްރީން ބުނީ ރޯދަމަހާއި ޝައްވާލު މަހުގެ 7 ވަނަ ދުވަހު ނިޔަލަށް ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދެވޭނީ އެދުވަހުގެ އިރު އޮއްސުނީން ދުރެ މެންދަމު 3:00 ޖެހުމާއި ހަމައަށްކަމަށެވެ.

މާލޭގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި އެކު ޕެޓްރޯލް ޝެޑްތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއި އެކު ޕެޓްރޯލް ޝެޑްތައް 12:00 ޖަހަންދެން އަދި ކެފޭ ރެސްޓޯރަންޓްތައް މެންދަމު 01:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެެހެއްޓުމުގެ ހުއްދަ ދިނުމަށް އެ މިނިސްޓްރީން ނިންމާފއިވާކަމަށް. އަދ އެކަމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލަމުން ގެންދާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.